ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް ސްޓިމިއުލަސް ސްކީމްގެ ދަށުން ދެ ލޯނެއް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމްގެ ދަށުން ވިޔަފާރިތަކަށް ޚާއްޞަކޮށް ދެ ލޯނެއް ސަރުކާރުން ތައާރަފްކޮށްފިއެވެ.

އެގޮތުން ސަރުކާރުން ތައާރަފް ކޮށްފައިވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ.

ފިނޭންސް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފް ކޮށްފައިވާ މި ލޯންތަކަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެވެ.

ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. މި ލޯނު ދެއްކުމަށް 4 އަހަރު ދުވަސް ލިބޭއިރު މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ކެފޭ/ރެސްޓޯރެންޓާއި ޖިމްގެ އިތުރުން ސެލޫން އަދި ގެސްޓްހައުސްތަކަށް ދޫކުރާ މި ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ. އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ހަ ޕަސެންޓް ނަގާ އިރު ލޯނު އަނބުރާ ދައްކަން ޖެހެނީ ފަސް އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތެއްގައެވެ. އަދި ލޯނު ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއް ލިބޭ އިރު, މި ލޯނަށް ރަހުނެއް ބޭނުމެއް ނުވާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: