ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ފަޔަށް ލިބުނު އަނިޔާ ފިޔަވައި އެހެން ޒަހަމްތައް ރަނގަޅުވެއްޖެ: އައިލާ

ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ފަޔަށް ލިބިވަޑައިގެންނެވި އަނިޔާ ފިޔަވައި ހަށިކޮޅުގެ އެހެން ތަންތަނަށް ލިބުނު ޒަހަމްތައް ރަނގަޅުވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ.މުހައްމަދު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ފަޔަށް ލިބުނު ޒަހަމް ފިޔަވައި އެހެން ޒަހަމްތައް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިއަދު ހަދަން ހަމަޖެއްސި އެންޑޮސްކޮޕީ ވެސް ޑޮކްޓަރު ކެންސަލް ކުރައްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ.

މިދިޔަ މަހު ހަވަނަ ދުވަހު ދިން ހަމަލާގައި ފުން ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދު މީގެ ކުރިން ވެސް އެތައް ސާޖަރީއެއް އޭޑީކޭއިން ހައްދަވައިފައިވާ އިރު މީގެ ދެ ދުވަސްކުރިން ވެސް ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ވަނީ އިތުރު ސާޖަރީތަކެއް ހައްދަވައިފަ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށްވެސް ނުރައްކާ ހިސާބަށް ދިޔައެވެ.

އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްުޔަރުކޮށްފައެވެ. ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އައިއީޑީ ގޮއްވާލުމުގައި އުޅުނު އަހުމަދު އަދުހަމްކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: