ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް 22 އެޖެންޓުން ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް 22 ފަރާތަކަށް ދީފި އެވެ.

އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓަކަށް ވުމުގެ ފުރުސަތު ހުޅުލާލާފައިވަނީ މިދިޔަ މާރޗް މަހުއެވެ.

އެސްޓީއޯ އިން ބުނީ މިކަަމަށް ޝައުގުވެރިކަން ފާޅުކުރީ ވެސް 22 ފަރާތުން ކަމަށާއި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސީ އެ ހުރިހާ ފަރާތްތަކަކީ ވެސް ޝަރުތު ހަމަވާ ފަރާތްތައް ކަމަށެވެ.

އެ ފަރާތްތަކަށް އެޖެންޓުކަން ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް ލިބުމަށް މަގުފަހި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ ކަމަށެވެ.

އެސްޓީއޯ އިން އެޖެންޓުން ހޯދުމަށް މާރޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ފަހުންވަނީ ހުޅުވާލާފަ އެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަން ދޭއިރު، ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. ފޯމް އެސްޓީއޯ ވެބްސައިޓް އިން ލިބެނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ވެސް ފާހަގަކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: