ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނުގައި އަންހެން ކުދިން ހިތާނު ކުރުމެއް ނޯވޭ: މައުމޫން

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެންކުދިން ޚިތާން ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

“ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް” މައުމޫން ވިދާޅުވިއެވެ.

އަންހެން ކުދިން ހިތާނު ކުރުމުގެ މައުޟޫއާ ގުޅޭ ގޮތުން އަލުން ވާހަކަ ދެކެވެން ފެށީ އެ ސަގާފާތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނުމުން ނެވެ.

އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ، ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން އެފަދަ ކަންކަން ކުރާ މީހުންވެސް އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

އެ ބަހުސް އިތުރަށް ހޫނުވީ ޚިތާނުކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން ލިޔެފައިވާ ސުވާލާއި ޖަވާބު ލިޔުމެއް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ޓުވީޓު ކުރެއްވުމުން ނެވެ. އެ ޓްވީޓު ކުރުމުން ގިނަ ބަޔަކު އަންނަނީ އިޔާޒަށް ފާޑު ކިޔަމުން ނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: