ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ 70 ޕަސެންޓް މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ރިސޯޓެއްގައި މުވައްޒަފުންތަަކެއް މަސައްކަތް ކުރަމުންދާ މަންޒަރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މީހުން، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަަމަކޮށްފިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ “މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް” ގައިވާ ގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، 96 އިންސައްތަ މީހުން އެއްވަނަ ޑޯޒް ޖަހާފައިވެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ “އައި އޭމް ވެކްސިނޭޓެޑް ބެޖް” ދާދިފަހުން ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެެެއިން އެކެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 185،671 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: