ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ދިވެހި ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރ، ޒޭންގ ޓާއޯ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފަރ ސްޓޭޝަނެއް ޤާއިމުވުމާއެކު، މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮއިންޓެއިނަރ ތަކުގައި ބެހެއްޓޭނެ ކަމަށާއި މީގެ ސަބަބުން މޫދަށާއި ކަނޑަށް އެޅޭ ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.

މިގޮތުން، ކޮންސްޓްރަކްޝަން ކުނިއާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ކޮންޓެއިނަރ ތަކުގައެވެ. އަދި މިކަމުގެ ސަބަބުން، ކުނި ތިލަފުއްޓަށް ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުންވެސް، ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރ ތަކުގައި ބެހެއްޓުމުގެ ސަބަބުން، މީގެ ކުރިން ހާމަކޮށް ކުނި ބެހެއްޓުމުގެ ސަބަބުން މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ކުނި ބަހައްޓާ ތަނުގައި ހުރުން ފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއެއްބަސްވުމުގެ ޖުމްލަ އަގަކީ 11,868,751.66 ޔޫއެސް ޑޮލަރު ނުވަތަ 600,000 އެވެ.

މިއީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް 1 ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރާއި 4 މަސް ދުވަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ.

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އެހީދޭ ޖަމާޢަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭ.އެފް.ފީ.އާ.އާރް އަދި ޓީ.އޭ.އެސް.އެފްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިމަޝްރޫޢޫގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދު އަދި ޒޯން ތިނެއްގެ ރަށްތަކުގައި (32 ރަށް) އެކުލަވާލުމެވެ.

މި ޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި (ކްލައިމެޓް އެނޑް ޑިޒާސްޓާރ ރެސިލިއަނޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގެ ކުނި މެނެޖް ކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މިގޮތުން، ތިން އާރް އަށް އާއްމުން ހޭލުންތެރިކުރުން- (ރޭޑިއުސް، ރީޔޫޒް، ރިސައިކަލް) ހިމެނެއެވެ. އަދި ދެވެނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނެޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: