ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަދަބު ދިނަސް ފަތުވާ ބަދަލެއް ނުކުރާނަން: އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ބަޔަކު ޕްރެޝަރުކޮށްގެން އަންހެން ކުދިން ހިތާނު ކުރުމާ ގުޅޭގޮތުން ދެއްކި ވާހަކަތައް ބަދަލުނުކުރާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދީ ޑރ. އިޔާޒް ކުރި ޓްވީޓަކާ ގުޅިގެން ގިނަބަޔަކު އަންނަނީ އޭނާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެގޮތުން އިޔާޒްއާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

ފާޑުކިޔުންތެރިންނަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް އަދަބު ދެވުނު ކަމަށާއި ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި ކަމަށެވެ.

”ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަޅުގަޑަށް އަދަބު ދިނަސް އިންޝާالله ފަތުވާ ބަދަލެއް ނުކުރާނަން.” އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވަނީ އަންހެން ކުދިން ހިތާނު ކުުރުމާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއް އާންމުކޮށްފައެވެ. އަދި ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.

އިޔާޒް ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ. އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިޔަކުނެތް އިޔާޒު ގޯސްއެއްޗެއް ބުނެފަކާ އަދި އަންހެން ކުދިން ހިތާނު ކުރުމުން އަވަހައް އެދުން ފުދޭ ވީމާ އެއީ މައްސަލައެއްވެސްނޫން އަނެއްކާ ގިނައިރުތަކެއް ނުވެ އެކަމަކުން ސަލާމަތްވޭ

  2. ޝޭޢިޚަށް ދިގުއުމުރެއް ދެއްވަވާ ޘާބިތުކަން ދެއްވާށި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: