ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ބަދަލުނުކޮށްފިނަމަ ނުރައްކާ ބޮޑުވެދާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ ހީނުކުރާފަދަ ނުރައްކާތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ނުކޮށްފިނަމަ، ހީނުކުރާފަދަ ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

އަދި ބަދަލުހިފުމާއި ޖަދަލުކުރުމަށްވުރެއް ބޮޑަށް، ބުއްދީގެ ބޭނުން ރަނގަޅަށް ހިނފުން މުހިންމު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ސަލާމަތަށްޓަކައި ގިނަ ބަޔަކު އެއްފަހަރާ ހިފާ ހައްޔަރު ކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލާފައެވެ.

ކްލަބް ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު މީހުންނަށް އަނިޔާއާ ގެއްލުން ދެނީ ޓެކްނޮލިޖީގެ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ކަމަށެވެ. އަދި ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާވެސް ދޭނެތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފަނޑިޔާރުން ވިސްނަންޖެހޭ ކަމަށެވެ. އަދި އާދައިގެ ކުދިންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ނުވެފައި ތިބި ނަމަވެސް، ޓެރަރިޒަމްގެ ފިކުރުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މައާފު ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: