ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބޭނުމަަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއްނޫން: އިދިކޮޅު

ޕީޕީއެމް، ޕީއެންސީ އޮފީހުގައި މިއަދުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އެ ކޯލިޝަނުން އަބަދު ވެސް ޤަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

“އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ.” އެ ކޯލިޝަން ގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ބުނީ ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެއް ކަމަށެވެ، އަދި އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން ކަމަށެވެ.

މީގެ އިތުރުން މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތެއް އޮވެގެން ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: