ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގައި ޒަހަމްވި ބޮޑީގާޑުގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަނީ

އިލްހާމް އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހިގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް ކުރަންޖެހިއްޖެއެވެ.

ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްހާމްގެ އޮޕަރޭޝަން ކުރަންޖެހިފައިވަނީ ކަނދުރާގެ ޑިސްކް ހަލާކުވެފައި ވާތީ ކަމަށެވެ. އިލްހާމްގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އައިޖީއެމްއެޗްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ފުޅު ސަލާމަތް ކުރައްވަން އިހްލާމް ކުރެއްވި މަސައްކަތަށް ނަޝީދުގެ އާއިލާ މެމްބަރުންނާއި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: