ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އައްޑޫއަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާ އިން ފުރައިގެން ވިއެޓްނާމަށް ދަތުރުކުރަމުންދިޔަ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުކަމަށެވެ.

ހޮންކޮންގގެ “އެމް.ޓީ – ނިއު މެލޮޑީ” ނަމަކަށްކިޔާ އާގު ބޯޓު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު ސ .ގަމުގެ އިރުން 8 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފަވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބަލިމީހާއަކީ 27 އަހަރުގެ ޗައިނާގެ ރައްޔިތެއްކަމަށާއި، މި ފިރިހެން މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: