ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ހިތާނުކުރުމަށް ހިތްވަރެއް ނުދެން، މައާފަށް އެދެން: ޑރ. އިޔާޒް

އެމްޑީޕީއާއި އެމްޑީއެން ގުޅިލާމެހިފައިވާ ކަން ހާމަވެއްޖެ : ޑރ. އިޔާޒް - ފޮޓޯ/ ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން ހިތާނު ކުރުމާ ގުޅިގެން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓުތަކުގެ މައްސަލަ ހޫނުވުމުން އެކަމަށް އޭނާ މާފަށް އެދި ވަޑައިގެންފި އެވެ.

އަންހެން ހިތާނުކުރުމާ ގުޅޭގޮތުން ޑރ. އިޔާޒް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އިޔާޒަށް އަމާޒުވެފައެވެ.

މިކަމާ ގުޅިގެން އިޔާޒު މާފަށް އެދި ވަޑައިގަތީ މިއަދު ނެރުއްވެވި ނޫސްބަޔާނެއްގައި އިޔާޒް ވިދާޅުވެފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށެވެ.

އަންހެނުން ހިތާނު ކުރުމަކީ އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވެއެވެ.

އެ މައްސަލައިގައި ޓްވީޓެއް ކުރެއްވީ އިސްލާމީ ޝަރީއަޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، ކަމަށާއި އެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް ފަރުއީ މައްސަލައެއް ކަމަށެވެ.

އިޔާޒުގެ އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭ ކަމަށާއި އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.

“އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފުއޮތް ފަރުއީ މައްސަލައެކެވެ. އަދި ފަހުގެ ބައެއް އިލްމުވެރިން ހަރާމް ކަމެއްކަމުގައި ވެސް ވިދާޅުވެއެވެ. ނަމަވެސް ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރައުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރައުޔަކީ ނެތް ރައުޔުތަކެއްކަމުގައި ހެދުމީ އިލްމީ އަމާނާތްތެރިގޮތެއް ނޫނެވެ. އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަން ހަތަރު މަޒްހަބުގެ އިމާމުން އިއްތިފާގުވެ ވަޑައިގަންނަވައެވެ. އަދި ވަކިން ހާއްސަކޮށް ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގައި މިއީ ވާޖިބު ދަރަޖައަށް ދާ މައްސަލައެކެވެ. އަދި މާލިކީ މަޒުހަބުގައި މިއީ ސުންނަތެކެވެ. އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މި ދަރަޖައަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވާހަކަދައްކަވާފައިވާ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް ނެތް ކަމެއް ކަމުގައި ބުނުމަކީ އިލްމީގޮތުން ސައްހަ ބުނުމަކަށް ވާނެކަމެވެ.” އިޔާޒް ވިދާޅުވިއެވެ.

އެ ބަޔާނުގައި މި މައްސަލައިގައި ގިނަ ފަރާތްތަކަކުން އިޔާޒަށް ފުރައްސާރަކުރާ އިރު ދީނީ އިލްމުވެރިން ތިއްބެވީ ހަނު ކަމަށާއި ގިނަ ބަޔަކު އިލްމުވެރިންގެ އަގު ވައްޓާލަމުން ދާތީ އެކަން ކުށްވެރިވެސް ކުރައްވާ އޭނާ ވިދާޅުވެފައި ވަނީ އޭނާ ދެއްކެވި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅު ނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މާފަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: