ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޒަމާނުގައި ކޮންމެ އެއްޗެއްވެސް ލީކުވެދާނެ، ޑޮކިޔުމެންޓް ހޯދީ އެންމެ އެތެރެއިން: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭގެ ހަބަރަށްފަހު ޕްރޮގްރާމްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިޔާ ދެމެދު ސޮއިކުރަން އިންޑިޔާއިން ފޮނުވި އެގްރީމަންޓް، ޔޫޓީއެފް އެގްރީމެންޓަކީ އިންޑިޔާއިން ފޮނުވި އެގްރީމަންޓްކަމަށާއި އެއީ އެންމެ އެތެރެއިން ލިބުނު ޑޮކިޔުމެންޓެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، އާންމުކުރި ޑޮކިޔުމެންޓަކީ އިންޑިޔާއިން ރާއްޖެއަށް ފޮނުވި ޑޮކިޔުމެންޓް ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއިން ސޮއިކުރީ އެޑޮކިޔުމެންޓްގައިކަން ޔަގީން ނުވާ ކަމަށާއި އެކަން ޔަގީންކޮށްދެއްވަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އެކަން ޔަގީންކޮށްދެއްވަން ވާނީ ސަރުކާރުން ކަމަށާއި ސޮއިކުރި އެގްރީމެންޓްގައި އޮތް އެއްޗެއް ޔަގީންކޮށްދެއްވަން ޖެހޭނީ ސަރުކާރުންކަމަށް އުމަރު ވިދާޅުވިއެވެ. ސޮއިކުރުމުގެ ކުރިން ޑްރާފްޓް އެގްރީމެންޓަށް ގެނައި ބަދަލުތައް ސަރުކާރުން ޖެހޭނީ ހާމަކުރަން ކަމަށާއި ނުވަތަ ސަރުކާރުން ޖެހޭނީ ސޮއިކުރި އެގްރީމެންޓް ހާމަކުރަންކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މިޒަމާނަކީ ކޮންމެ އެއްޗެއްވެސް ލީކުވެދާނެ ޒަމާނެއްކަމަށާއި އިންޑިޔާއަށްވެސް އެކަން އެނގޭނެކަމަށެވެ. އަދި އެޑޮކިޔުމެންޓަކީ އިންޑިޔާއިން ރާއްޖެއަށް ފޮނުވި ޑޮކިޔުމެންޓް ކަމަށާއިއެކަމާއިމެދު ޝައްކެއް ނެތްކަމަށް ވިދާޅުވިއެވެ. އެޑޮކިޔުމެންޓް ހޯދީ އެންމެ އެތެރެއިން ކަމަށް އުމަރު ވިދާޅުވިއެވެ.

“މިޒަމާނަކީ އެއްޗެހި ފޮރުވައިގެން ގެންގުޅޭވޭނެ ޒަމާނެއް ނޫން. އެކަން އެނގެންވާނެ އިންޑިޔާއަށްވެސް، އެމްޑީޕީއަށްވެސް. މިޒަމާނުގައި ކޮންމެ އެއްޗެއްވެސް ލީކުވާނެ. ޔޫޓީއެފް އެގްރީމެންޓްގައި ހުރީ ކަނޑައެޅިގެން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ގެއްލޭފަދަ ވާހަކަތައް” އުމަރު 

މިކަންކަމުގެ ތަފްސީލް ހިއްސާކުރައްވާ އުމަރު ވިދާޅުވީ ޔޫޓީއެފްގައި ހިމަނާފައި ހުރި ވާހަކަތަކަކީ ކިޔާ މީހަކު ވާވައްދަން ލިޔެފައި ހުރި ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެއް 30 އަހަރު ނިމުމުން އަނެއްކާވެސް އަނެއް 30 އަހަރަށް އެއްބަސްވުން އަމިއްލައަށް އާވާނެކަމަށް ހިމަނާފައި ހުރި ވާހަކަތަކާއި އިންޑިޔާގެ ހުއްދަ ނެތި އެސަރަހައްދަށް އެހެން ބޯޓަކަށް ކައިރި ނުވެވޭނެކަމަށް ހިމަނާފައިވާ ވާހަކަތަކަކީ އެފަދަ ވާހަކަތަކެއްކަމަށް އުމަރު ވިދާޅުވިއެވެ. އެހިސާބުން އެސަރަހައްދު އިންޑިޔާގެ ސަރަހައްދަކަށް ވީނޫންތޯ ސުވާލު އުފެއްދެވިއެވެ. އަދި އެސަރަހައްދު މެނޭޖްކުރަން ހަމަޖައްސާ ބޯޑުގެ އެންމެ އިސްވެރިއަކަށް ހުންނަވާނީ އިންޑިޔަން ހައިކޮމިޝަނަރ ކަމަށް އެގްރީމެންޓްގައި އޮތްކަން ފާހަގަކުރައްވައި އެކަމަށްވެސް އުމަރު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ބޭސް ގާއިމްކުރުމަށް އިންޑިޔާއިން ބޭނުންވާކަމުގައިވާނަމަ ރާއްޖޭގެ ގާނޫނު އަސާސީއާއި ފުށުނާރާ ގޮތަށް އެކަން ކުރަންވީ ކަމަށެވެ. އެހެންނަމަވެސް، ގާނޫނޫ އަސާސީއާއި ހިލާފަށް ވަލު ދޮރާށިން ވަދެގެން އައްޑޫ ސިޓީގައި މިލިޓަރީ ބޭސް ގާއިމްކޮށްފައިވާ ގޮތަށް މިލިޓަރީ ބޭސް ގާއިމްކުރުމަކީ ކަންބޮޑުވާކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.

މިވަގުތު މިފެންނަނީ ގާނޫނު އަސާސީއާއި ހިލާފަށް ފަހަރަކު އެއްޗެއް ރާއްޖެއަށް ބާލަމުންދާ މަންޒަރުކަމަށް އުމަރު ވިދާޅުވިއެވެ. އެންމެ ފުރަތަމަ ހެލިކޮޕްޓަރެއް ގެނައުމަށްފަހު ދެން ގެނައީ ޑޯނިޔާ ކަމަށާއި އަދި އެއަށްފަހު އަސްކަރީ ފޯސް ގެނައީކަމަށް އުމަރު ވިދާޅުވިއެވެ. މިހާރު މިއަމަލުކުރަމުންދާ އުސޫލުން ގާނޫނާއި ހިލާފަށް މިކަން ކުރާ ކަމުގައިވާނަމަ، މިވެރިކަން ނިމޭ ދުވަހަކުން މިބާރުތައް ރާއްޖެއިން ބޭރުކުރާނެކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: