ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް އިން ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތަށް ހަދައިފި

ލޯންޗަކަށް މީހުން އަރަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް ދެ މަސް ވަންދެން ކަރަންޓީނު ނުވެ ދަތުރު ކުރުމުގެ ހުއްދަ ދީފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެ ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ދަތުރުކުރަން ހުއްދަ ދީފައެވެ. ނަމަވެސް ކޭސްތައް ބޮޑުތަނުން އިތުރުވުމާ ގުޅިގެން އެ ނިންމުމަށް އަމަލުކުރުން ވަނީ މެދުކަނޑާލާފައެވެ.

މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދަތުރުކުރުމާ ގުޅޭ ލުޔެއް ހިމެނިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެހެންވިއްޔާ ވެކްސިން ނުޖަހާ ކޮވިޑް ޖެހެންތާ ވީ..؟! ދެޑޯޒް ޖަހާ 14 ދުވަސް ހަމަކުރި މީހުންނަށް މިލިބުނީ މުޅިން ކޮޅުކެހި ވިއްޔަ..! ވެކްސިން ޖައްސުވަން ވެގެން ހެދިހާ ދޮގުތައް ކޮބާ..؟!

  2. އިއުލާން..!! މަށަށް ކޮވިޑް ޖައްސަދޭނެ މީހަކު ބޭނުން ވެއްޖެ..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: