ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: 4 މީހަކަށް ދައުވާކުރަން ފޮނުވަނީ!

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައި - ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން 4 މީހަކަށް ދައުވާކުރަން ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މައްސަލައާއި ގުޅުންހުރި 8 މީހެއްގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މީގެ ތެރެއިން 4 މީހަކަށް ދައުވާކުރުމަށް ވަރަށް އަވަހަށް ފޮނުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މައްސަލަ ތަހުގީގުކުރުން އަދިވެސް ހުއްޓާނުލައި ކުރިއަށްދާ ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލަމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އިންޓެލިޖެންސްގެ ފެއިލިޔަރއެއްތޯ ބެލުމަށް ކުރިއަށްދާ އިންކުއަރީއާއި ގުޅުންހުރި މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އިންކުއަރީ ކޮމިޝަންގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް ރިޕޯޓް ރައީސަށް ލިބިލައްވާނެ ކަމަަށެވެ. މިހާރުވެސް ބައެއް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް، ރިޕޯޓް އެއްކޮށް ލިބުޟާއެކު އިްނޓެލިޖެންސް އިދާރާތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: