ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8 އިން ފަތިހު 4 އަށް

މާލޭގެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން، 24 ގަޑިއިރުގެ ކާފިއު އެއް ހިންގި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު އަންނަ މަހުން ފެށިގެން ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ބަދަލު ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ފެށޭ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލިއުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި ދެން ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް މިހާރު ބޭނުންވާ ފާސް ބޭނުންކުރުން ހުއްޓާލެވޭނެކަމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު މާލެ ސަރަހައްދުގައި ކާފިއުު ވަގުތަކީ ހަވީރު ހަޔަކުން ފަތިހު ހަތަރަކަށެވެ. އެނޫން ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވެނީ ހާއްސަ ހުއްދަ އަކާއެކު އެވެ.

މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރެސްޓޯރަންޓް، ކެފޭތަކުން ޑައިނިންގ ޚިދުމަތް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: