ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭ ރެސްޓޯރަންޓްތަކާއެކު އިތުރު ލުއިތައް އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ

  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަދިނުން
  • ކާފިއުގެ ވަގުތު ރޭގަނޑު 8އިން ފަތިހު 4އަށް ކުރުކުރުން
  • ކެފޭ ރެސްޓޯރަންޓްގެ ހިދުމަތް ދޭ އުސޫލަށް ބަދަލުގެނައުން
  • ކާފިއު ވަގުތު ފާސްނުލައި އުޅުމަށް ހުއްދަދިނުން

ކޮވިޑްގެ ކޭސްތައް މަދުވުމާއެކު ގިނަ ބަޔަކު އަންނަނީ ލުއިތައް ދިނުމަށް ގޮވާލަމުންނެވެ. އެގޮތުްނ ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާލުމަށް ގޮވާލައި އިއްޔެ ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.

ކޮވިޑްގެ ކޭސްތައް މިވަގުތު މާލެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންނަމަވެސް މިވަގުތު އަތޮޅުތަކުގައި ކޭސްތައް ފެތުރޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އަންނަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: