ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަމާދުގެ ޖަމާއަތް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ މަހުގެ 12 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މިހާރު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ހިންގަމުންދާ ކާފިއު ވަގުތު ރޭގަނޑު އަށަކުން ފަތިހު ހަތަރަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރަން މިސްކިތްތައް ހުޅުވާލަން ވަނީ ނިންމާފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މިސްކިތްތައް ބަންދުކޮށްފައެވެ. ނަމަވެސް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން ވަނީ އެކަނި ގޮސް ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: