ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިން، މިހާރު ޖެހޭނީ 7500 ރުފިޔާ: ރައީސް

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްގެ އަގުތައް ބޮޑުވުމާއި ގުޅިގެން އަލުން ހިސާބު ހަދައި އަގު ކުޑަކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ އަގާއި ގުޅޭ ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކޮމާޝަލް ލޯނެއް ނަގައިގެން ކަމަށެވެ. އެލޯނު ނަގާފައިވަނީ 8 އިންސައްތަ އިންޓްރެސްޓުގައި 20 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭރު އަގުކޮށްފައި އޮތްގޮތުން ފްލެޓެއްގެ އަގު 1.2 ބިލިއަން ރުފިޔާއަށް ޖެހޭ ކަމަށެވެ. 20 އަހަރު ދުވަހުން ދައްކާ ގޮތަށް ބެލުމުން އޭރު އަގުގެ ގޮތުގައި މަހަކު 10،000 ރުފިޔާއަށް ވުރެ ބޮޑު އަގެއް ރައްޔިތުން ދައްކަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ކުުރިން ހިސާބު ހަދާފައިވާ ގޮތްކަމަށާއި ސޯޝަލް ހައުސިން މިއަށްވުރެ އަގުހެޔޮކޮށް ދޫކުރެވެން ޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަލުން ހިސާބު ޖަހައި އަގު އެވަލުއޭޓް ކުރީކަމަށް ރައީސް ވިދާޅުވިއެވެ.

ބިމުގެ ކުއްޔާއި، މެނޭޖްމަންޓް ފީއަށް ކެނޑުމަށްފަހު އަލުން ހިސާބު ހެދުމުން ޔުނިޓެއްގެ އަގު 1 މިލިޔަން ރުފިޔާއަށް ކުޑަކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޓްރެސްޓެ ރޭޓު 6 އިންސައްތައަށް ކުޑަކޮށް ޕޭމަންޓް ދައްކަން ޖެހޭ މުއްދަތެއްގެ ގޮތުގައި 25 އަހަރުދުވަސް ހެދުމުން 7500 ރުފިޔާއަށް އަގު ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަށްވުރެ އަގު ކުޑަކޮށްފިނަމަ ސަރުކާރަށް ބޮޑު ތަކްލީފަކަށް ވާނެ ކަމަށެވެ. މިހާރުވެސް ޕޭމަންޓް ދައްކައި ނިންމުމަށް ސަރުކާރުގެ ބަޖެޓުން އިތުރަށް 3.2 ބިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ކުޑަ އަގެއްގެ ގޮތުގައި ބެލެވޭނީ 7500 ރުފިޔާ ކަމަށާއި މިއަށްވުރެ އަގު ކުޑަކުރެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިޙާރު މިސަރުކާރުން އަޅަމުންދާ ފްލެތްތައް ދޫކުރަނީ މިކަންކަމަށް ބެލުމަށްފަހު ހެޔޮ އަގެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ފުރަތަމަ ފްލެޓުގެ އަގު ހާމަކުރިއިރު ކުލީގެ އަގުގެ ގޮތުގައި 10،000 ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ދައްކަންޖެހެއެވެ. އަދި ކުރީ ސަރުކާރުން ހާމަކުރިފަދަ ކުޑަ އަގެއްގައި ދޫނުކުރެވޭނެ ކަމަށާއި އެއަގަކީ ނުބައިކޮށް ހިސާބު ހެދުމުން އަންނަ އަދަދެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.

ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ތިން މަސް ދުވަހަކީ ރަނގަޅު މުއްދަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިމުއްދަތުގައި މިމަސައްކަތް ނުނިންމޭ ކަމުގައިވާނަމަ އިތުރު މުއްދަތެއް ދިނުމާއިމެދު ހިޔާލުތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 90%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: