ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނަކަށް އަނިޔާކުރި ތިން ފުލުހަކު ވަކިކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުން، މީހަކަށް އަނިޔާކުރި މައްސަލައިގައި ތިން ފުލުހަކު މަގާމުން ވަކި ކުރަން ނިންމައިފިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ނައިފަރުގައި ދިމާވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ތިން މީހަކު ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދެ ފުލުހަކު މިހާރު ހުރި ރޭންކުން އެއް ރޭންކު ދަށް ކުރަން ވެސް ވަނީ ނިންމާފައެވެ.

އޮފިޝަލު ވިދާޅުވީ މައްސަލާގައި ފިޔަވަޅު އަޅާފައިވާ ފުލުހުން އެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުން ވާނަމަ ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ނައިފަރުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވިއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އޭނާ އަށް އަނިޔާކުރީ ފުލުހެއްގެ އަނބަކަށް ފުރައްސާރަ ކުރި މައްސަލައެއްގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: