ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދޯންޏެއް ކަނޑުމައްޗަށް ބިންދައިގެން ހިނގައްޖެ

ބިންދައިގެން ދިޔަ ދޯނި— ފޮޓޯ: ގާފު
ޝެއާރކޮށްލާ ކަހަލަދޯ؟

މަހަށް ނިކުމެ އުޅުނު ފައިބަރު މަސްދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި 25 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ “މޯހިރާ” ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން މިއަދު ހެނދުނު 07:11 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުގެ ސިފައިން މިހާރު ވަނީ ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ބިންދައިގެން ގޮސްފައިވަނީ ގއ. އެތެރެވެރީގައި އެންދެމުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ދޯނި ބިންދައިގެން ދިއުމާއި ގުޅިގެން ދޯންޏަށް އެހީތެރިވުމަށް އެހެން ދޯނި ފަހަރުތަކަށް ސަރަހައްދަށް ގޮސްފައިވާ އިރު މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: