ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބައިވެރިވެގެން ދިން ހަމަލާއެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާގެ އަޑީގައި މި ސަރުކާރުގެ އަތެއްވާކަން ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ “އާސްކު ސްޕީކާ” ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ މިއީ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ދެވުނު ހަމަލާއެއް ކަމަށް ކުޑަކޮށް ވެސް ގަބޫލުނުކުރައްވާ ކަމަށާއި އެމަނިކުފާނަކީ ވެސް ސަރުކާރުގެ ބައިވެރިއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވީ އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އޮތީވެސް އެމްޑީޕީގެ އަގުލަބިއްޔަތު ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކުޑަވެސް ބައިވެރިވުމެއް އޮވެގެން ދެވުނު ހަމަލާއެއް ކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ޕާޓީގެ ރައީސް، ރައީސް ކަމުގައި އެ ހުންނެވީ. އަދި އަޅުގަނޑުމެންގެ ޕާޓީގެ އަޣުލަބިއްޔަތު މިއޮތީ މަޖިލީހުގައި. އެއީ ސަރުކާރުން އެކަމުގައި ބައިވެރިވުމެއް އޮވެގެން ދެވުނު ހަމަލާއެއްގެ ގޮތުގައި ދެކެން ވަރަށް ބޮޑަށް އުނދަގޫ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޮންގޮއްވި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން ކަމަށް އެކަނި ނުވާނެ ކަމަށާއި އެ ހަމަލާ ރޭވުމުގަޔާއި ހަރަދު ކުރުމުގައި ބައިވެރިވި މީހުން ވެސް އާންމުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އެ ހަމަލާގައި ބައިވެރިވި މީހުން ނުހޯދިއްޖެނަމަ މާލެ ތެރޭގައި އުޅުއްވަން އެ މަނިކުފާނަށް ވަރަށް އުދަގޫވާނެ ކަމަށާއި ފުލުހުނަށް އޮންނަ އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: