ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއިން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާނެ: ރައީސް ނަޝީދު

ކުރީޣެ ރައީސް ޔާމީން އަދި މިހާރުގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް ވެސް ތާއީދުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ “އާސްކު ސްޕީކާ” ޕްރޮގްރާމްގައި ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީން ކަމަށެވެ. އެ ޕްރައިމަރިގައި ބައިވެރިވާނެ ކަމަށާއިނއަދި ރިޔާސީ އިންތިހާބުގައި އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ހިންގުން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އެ ބަދަލު ގެނައުމަށް 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި އެ ބަދަލު ގެނައުމަށް ޕީޕީއެމް ވެސް ތާއީދުކުރައްވާނެ. އެ ބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަކަށް ބީރައްޓެހި ބައެއް ނޫން. އަދި ހާއްސަކޮށް ރައީސް ޔާމީން މީގެކުރީގައި ހުރީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާފައި. އަދި ފަހުން ތާއީދެއް ނުކުރައްވާ ވާހަކައެއް ވިދާޅުވެފައެއް ނުވޭ” ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށާ ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް އިން މީގެ ކުރިން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: