ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު މާރިޔާއަށް އެބައޮތް، ގެއްލުމެއް ދީފާނެކަމަށް ގަބޫލެއް ނުކުރައްވާ!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އިތުބާރު އެބައޮތް ކަމަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ އެއް ބޭފުޅަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

މާރިޔާއަށް އަމާޒުކޮށް އެކި ޕްލެޓްފޯމްތަކުގައި ސުވާލުކޮށް، އަދި އިސްތިއުފާއަށް ގޮވަމުންދާ ސިޔާސީ ބޭފުޅުން ވަރަށް ގިނައެވެ. އަދި ޓްވިޓަރގައި މާރިޔާގެ އިސްތިއުފާ ކެމްޕެއިނެއްވެސް ވަނީ ފަށާފައެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިރޭ ބޭއްވި، “އާސްކް ސްޕީކާ” ޕްރޮގްރާމްގައި މީހަކު ވަނީ ޑިފެންސް މިނިސްޓަރު މާރިއާ އަށް އެމަނިކުފާނުގެ އިތުބާރު އޮތްތޯ ސުވާލު ކޮށްފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ގެއްލުމެއް ދޭން ޑިފެންސް މިނިސްޓަރު ވެސް އަދި އެހެން މިނިސްޓަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވެސް ނޫޅުއްވާނެ ކަމަށާއި އެއީ އެ ބޭފުޅުންގެ ހިތަށް ގެންނަވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

އަދި އެމަނިކުފާނު ނެތިއްޖެނަމަ ވަރަށް ގިނަ ބަޔަކަށް ފައިދާވާނެ ކަމަށާއި އެގޮތުން ސިޔާސީ ގޮތުން ވިސްނާއިރު އެގޮތަށް ވިސްނެނީ އެހެންވުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބަޔަކު ރާވަމުންދާތީ އެކަމުގެ މައުލޫމާތު އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް އަރުވާފައިވާކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެހެންވެ، މި ހަމަލާއާއި ގުޅިގެން އެމްޑީޕީ ބައެއް މެމްބަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއް ފަރާތަކީ މާރިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިސާލަކަށް މިއަދު ތިޔަ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މާޜިޔާ ނޫން، އަދި އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ މިނިސްޓަރެއް ހުރިނަމަ އަސްލު ތިބުނާ އިތުބާރުގެ ކުޅިވަރު ފެންނާނީ.. އެހެންވެ އެއްނު ވުޒާރާ ހިންގުމާއި ހަވާލުވެހުރި ވަޒީރު ބަހައްޓާފައި ޑެޕިއުޓީ މިނިސްޓަރު ޤުރުބާން ބަކައްޓަކަށް ހަދައިގެން ކަތިލަން ދިމާކުރީ. މިހާރު ނޭގެ އެކަން ވީ ހިސާބެއް، ނޫނީ އަމިއްލަޔަށް ވިސްނުނީ ތޯއްޗެއް ޑެޕިއުޓީ މިނިސްޓަރު އެކަނި ކަތިލައިގެން ފަރުޖެހެން ނެތްކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: