ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ތާއީދު ކުރައްވާނީ ރައްޔިތުން އެދޭ ނިޒާމަކަށް، އެއީ ރިޔާސީ ނިޒާމު: އަދުރޭ

ރައީސް ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާ ރައްޔިތުންގެ ނިންމި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ޕީއެންްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޕީޕީއެމް ވެސް ތާއީދުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ރައްޔިތުންގެ ނިންމެވުމާއެކު ކަމަށެވެ. އެއީ ރިޔާސީ ނިޒާމު ކަަމަށްވެސް ވިދާޅުވިއެވެ.

“ރައީސް ޔާމީން ތާއީދު ކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއް ނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަ ކުރެވެން ޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،” އަދުރޭ ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ “އާސްކު ސްޕީކާ” ޕްރޮގްރާމްގައި ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ހިންގުން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އެ ބަދަލު ގެނައުމަށް 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި އެ ބަދަލު ގެނައުމަށް ޕީޕީއެމް ވެސް ތާއީދުކުރައްވާނެ. އެ ބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަކަށް ބީރައްޓެހި ބައެއް ނޫން. އަދި ހާއްސަކޮށް ރައީސް ޔާމީން މީގެކުރީގައި ހުރީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާފައި. އަދި ފަހުން ތާއީދެއް ނުކުރައްވާ ވާހަކައެއް ވިދާޅުވެފައެއް ނުވޭ” ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: