ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ “ހުނަވަރު” ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދަނޑިވަޅުގައި އެމްޓީސީސީން ފޯރުކޮށްދެމުން ދާ ހިދުމަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް އެމްޓީސީސީން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުންކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކުދެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން 50 ފަރާތެއް ތަމުރީނު ކުރެވޭނެކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަޤާމަށް 30 ފުރުސަތު، މަގު ހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މަޤާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގްގެ ދާއިރާތަކަށް 10 ފުރުސަތު ކަމަށް އެމްޓީސީސީން ބުނެފައިއެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑްނެތް ދިވެހިންނަށް ހުޅުވާލާފައިވާ މި ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީޚަކީ 14 ޖުލައި ކަމަށާއި އަދި އިންޓަރވިއު މަރުޙަލާއަށްފަހު ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓް ގައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: