ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ފޯނު ބޭނުންކުރައްވަން ފައްޓަވައިފި، ޖަވާބު ނުދެވި 7862 މެސެޖް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އަލުން ފޯނު ބޭނުންކުރައްވަން ފެއްޓެވިކަން އެމަނިކުފާނު ހާމަކުރައްވަފައިއެވެ.

މިކަން ހާމަކޮށް މިއަދު ރައީސް ނަޝީދު ކުރައްވި ޓްވީޓްގައި ވިދާޅުވެފައި މިވަގުތު ފޯނުގައި ޖަވާބުނުދެވި 7862 މެސެޖް ވާކަމަށާއި، އެ ހުރިހާ މެސެޖެއް މިހާރު ކިޔާފައިވާކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުވަނީ މެސެޖް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ހާދިސާއާ އޭޑީކޭގައި އޮޕަރޭޝަންތަކެއް ކުރެއްވުމަށް ފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަނަށެވެ. ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ ޔޫކޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަދިވެސް ތިޔަ ޑްރާމާ ނިމުމަކައް ގެންނާކައް ނުވޭތަ.. ވެރިކަމާ ހެދި ބޫތު ކެޔަސް ދެން މިހާރު ބޮޑުވަރު ތިއައީ މީނަ އަކީ އަވަސް ގޮތަކައް ސަލާމަތީ ބާރުތަކުން އައިސޮލޭސަން ގެންދިއުން އަވަސް ކުރަންޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: