ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކުރީ ދައުރެއްގައި ޤައުމުވެއްޓުނު އަނދަވަޅު ދެން އަލުންއެކަން ތަޖުރިބާކުރާކަށް ދިވެހިން ބޭނުމެއްނޫން”

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ޤައުމު ވެއްޓުނު އަނދަވަޅު ދެން އަލުންއެކަން ތަޖުރިބާކުރާކަށް ދިވެހިން ބޭނުމެއްނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާނެކަމާއި، ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަންކަމަށް ރައްދު ދެއްވައެވެ.

އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަށް ފައިނަގަންވާނީ އެކަމަށް ކުފޫ ހަމަވާ ބަޔަކު ކަމަށާއި ކުރީ ދައުރެއްގައި ޤައުމުވެއްޓުނު އަނދަވަޅު ފެނިގެން ހިނގައްޖެ ކަމަށެވެ.

”ދެން އަލުންއެކަން ތަޖުރިބާކުރާކަށް ދިވެހިން ބޭނުމެއްނޫން! ހަމަނުޖެހުމާ ފަސާދަޔާ ތަޅާނެ ކުދިންކޮޅަކާ މިފަދަ ނުބައި ކަންކަމަކަށް ތާއީދެއް ނުކުރެވޭނެ!” ޒައިދު ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ “އާސްކު ސްޕީކާ” ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ހިންގުން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އެ ބަދަލު ގެނައުމަށް 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

އަދި ބޮޑުވަޒީރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ތާ އަބަދަށް މަޖިލީހަށް ޖަވާބުދާރިވުމުން ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށާއި އެގޮތުން ތަރައްގީގެ ދުވެލި ވެސް މާ ބާރަށް ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބަދަލު ގާނޫނު އަސާސީ އަށް ގެނެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: