ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ: ޖަމީލް

ރައީސް ނަޝީދު އަދި ޑރ.ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ގެންދިޔަ “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބެއް ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށް ބުނާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލެއް ގެނެސް ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ރައްޔިތުން ކަނޑައަޅާފައިވާކަމަށާއި، އެފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާކަމަށެވެ.

ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ ކަމަށާއި، ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ޖަމީލްގެ ޓްވީޓްގައިވެއެވެ.

ނަޝީދު ރޭ ވިދާޅުވީ ބަރުލަމާނީ ގެންނަން އިދިކޮޅު ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓް ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: