ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ފޮނުވި ފަސް ބޭފުޅުންގެ ނަން ކޮމިޓީއަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި، މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލހް މަޖިލީހަށް ފޮނުވާފައިވާ ސިޓީ އިއްވާފައިވެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ފަސް ނަމަކީ، އަޒްހާ ޒަމީރު މ.ލިލީޒް، އައިމިނަތު އަލީ ދަފްތަރު ނަންބަރު 2874، ފާތިމަތު ނިއުމާ ގ. ހިމަލިޔާގެ، ފާތިމަތު ޒީނާ އަލީ ހ.ރައިޒިން ސަން އަދި އައިޝަތު ޝީޒާ ޝާޒީބިން، ބ.ކެންދޫ އެވެ.

މި ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: