ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރާއި ދެކޮޅަށް ގެންދިޔަ އޮޕަރޭޝަނުން ދޫވި ތިން މީހުންގެ މައްސަލަ އިސްތިއުނާފަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާލޭން މީހަކު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިދިޔަ މޭއި މަހު ރައީސް ނަޝީދު އަވަހާރަށްކޮލުމަށް އައިއީޑީއެއް ގޮއްވާލި ހާދިސާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ. އަދި އެ މައްސަލައިގައި މިހާތަނަށް 08 މީހަކު ހައްޔަރު ކުރިއިރު، ވަނަވަރު އާއްމުކޮށްފައިވަނީ އެންމެ 05 މީހުންގެ އެވެ. އިތުރު ބައެއްގެ މައުލޫމާތެއް ފުލުހުން މީޑީއާތަކާއި ހިއްސާއެއް ނުކުރެ އެވެ.

ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ބަންދުން ދޫކޮށްލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް ފުލުހުން “ސަންގު” އަށް ބުނީ ކޯޓަށް ހާޒިރު ކުރުމުން ބަންދުން ދޫކޮށްލި ތިން މީހުންނަކީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުން ހައްޔަރު ކުރި މީހުން ކަމަށެވެ. ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުން ފުލުހުން 10 މީހަކު ހައްޔަރު ކުރިއެވެ.

މައްސަލައިގައި މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުން މީޑިއާ އޮފިޝަލް، އަދި ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ ދޫކޮށްލި ތިން މީހުންނަކީ ހަމަލާއައި ސީދާ ގުޅުން ހުރި މީހުންނެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ހައްޔަރު ކުރީ ހަމަލާއަށް ފަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައިކަމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން މި ތިން މީހުން ވެސް ބަންދުން ދޫކޮށްލާފައިވަނީ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނުފެންނާތީ އެވެ. އަދި ފުލުހުންނަށް އެ މީހުންނާއި ދެކޮޅަށް ހެކި ހުށަހެޅިފައިނުވާ ކަމަށް ވެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫ ސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި މަފްތޫހް ސައީދު ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ވެސް އަލުން ފުލުހުންގެ ބަންދަށް ވަނީ ގެންދެވިފަ އެވެ.

ޓެރަރިޒަމްގެ ތުހުމަތުތަކާއި، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫވާތީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތައް މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: