ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތުގެ ބިލު ދިރާސާކުރަން އަލުން ކޮމިޓީއަށް ފޮނުވައިފި

ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

“ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅުއްވި ބިލުގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީން ނިންމައި އެ ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރި ބަހުސްގައި ގިނަ މެމްބަރުން ވަނީ ބިލު މިހާރު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މި ބިލު އަނެއްކާ ވެސް ކޮމިޓީއަށް ފޮނުވުމަށް 39 މެމްބަރުން ވޯޓު ދެއްވިއިރު މިކަމާ ދެކޮޅަށް ތިން މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ވެސް ތިއްބެވިއެވެ.

އެހެންކަމުން އެ ބިލު ވަނީ އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ހުށަހަޅާފައިވަނި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: