ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސް ފާއިޒަކީ ރާއްޖެއަށް ތެދުވެރި ރަހުމަތްތެރިއެއް: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީއަށް ރާއްޖެ ކުރަމުންދާ ދަތުރުގައި އައްބާސް ފާއިޒަކީ ރާއްޖެއަށް ދެގޮތެއްނުވާ ރައްޓެއްސެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އައްބާސް ފާއިޒަކީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤުގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އައްޔަން ކުރައްވާފައި ޚާއްޞަ މަންދޫބެވެ.

އައްބާސް ފާއިޒު އިއްޔެ ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ޑިފެންސް މިނިސްޓްރީއިން ހާމައެއް ނުކުރެއެވެ.

ބައްދަލުވުމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އައްބާހަކީ ދިވެހިންނާއިއެކު ހުރި ދިވެހިންނަށް ހެޔޮ އެދޭ ރަހުމަތްތެރިއެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ދުވަހު އެހެނިހެން ޑިމޮކްރެސީ އެކްޓިވިންޓުންނާއެކު ވާކަން ހާމަ ކޮށްދިނުމަށް އައްބާސް ވެސް ރާޅުގަނޑު ސަރަހައްދުގައި އިށީނދެލައިގެން އިންނެވި ހަނދާންވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް އައްބާސް ފާއިޒް ރާއްޖެ ވަޑައިގަތީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ހަމަލާގެ ތަހުގީގު ބޭރުގެ ފަރާތްތަކާ ގުޅިގެން ފުލުހުން ކުރަމުންދާއިރު، މަޖިލީހުގެ 241 ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިއާ ޒިންމާ އަދާކޮށްފައި ނުވާއިރު، ސަލާމަތީ ބާރުތަކުގެ އިހުމާލުތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: