ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާގެ ޕޯސްމޯޓަމް ހަދައިފި، އަންނަ އަންގާރަ ދުވަހު ހަށިގަނޑު ރާއްޖެއަށް ގެންނަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިންގް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލައި ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އަންނަ އަންގާރަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި ނިމި، ހަށިގަނޑު ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް 2 ގެ މޫދުތެރެއިން ފޮށްޓަކަށް ލާފައި އޮށްވާ ފެނުނު 13 އަހަރުގެ ކުއްޖާ ޕޯސްޓް މޯޓަމްއަށް ފޮނުވާފައި މި ވަނީ އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުންތާ 13 ދުވަސްފަހުންނެވެ.

އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު އެވެ.

އެ މައްސަލާގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައި އެވެ. ހައްޔަރުކޮށްފައިވާ 27 އަހަރުގެ މީހަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އެވެ. މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: