ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން ސާވިސް ބިލު: އާ އިންސްޓިޓިއުޓެއް އުފައްދާނެ، އިތުރު ހަރަދެއް ނުހިނގާނެ!

ބައިނަލްއަގްވާމީ ފޯރަމެއްގައި ރާއްޖެ ތަމްސީލުކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން ސާވިސް ބިލުގެ ދަށުން ގާއިމްކުރުމަށް މަސައްކަތްކުރާ ފޮރިން ސާވިސްގެ އިންސްޓިޓިއުޓުގެ ސަބަބުން ޚާރިޖީ ދާއިރާއަށް އެތައް މަންފާއެއް ކުރާނެކަމަށާއި އެހެންނަމަވެސް އިންސްޓިޓިއުޓުގެ ސަބަބުން އިތުރު ހަރަދެއް ނުހިނގާނެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޒީނާ މުހައްމަދު ދީދީ ވިދާޅުވީ ދުނިޔޭގެ އެތައް ގައުމެއްގައިވެސް ފޮރިން ސާވިސް އިންސްޓިޓިއުޓްތައް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްކުރަމުންދާ ފޮރިން އޮފިސަރުންނަކީ ވެސް ބޭރުގެ މިފަދަ އިންސްޓިޓިއުޓްތަކުން ތަމްރީންވެފައި ތިބި އޮފިސަރުން ކަމަށާއި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓެއް ގާއިމްކުރުމުން އިތުރު ލުއިފަސޭހަތަކެއް ވެގެންދާނެކަމަށް ޒީނާ ވިދާޅުވި އެވެ.

ޒީނާ ވިދާޅުވީ، ފޮރިން ސާވިސްތަކުގެ ތެރެއިން އާންމުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ހިދުމަތަކީ ކޮންސިޔުލަރ ހިދުމަތްތައް ކަމަށް ވިދާޅުވިއެވެ. އަދި މިބިލުގެ ސަބަބުން ޕްރޮފެޝަނަލް ފެންވަރުގައި މަސައްކަތްކުރާނެ ބަޔަކު ރާއްޖޭގައި ގާއިމްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. މިއާއެކު އާންމުންނަށް ފޯރުކޮށްދެވޭނެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޒީނާ ވިދާޅުވިއެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓުގެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ޒީނާ ވިދާޅުވީ މިހާރުވެސް ދައުލަތުގެ އެކި ވުޒާރާތަކާއި ގުޅިގެން ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއީ މިހާރުވެސް ކުރެވެމުންދާ މަސައްކަތެއް ކަމަށާއި އެހެންނަަމަވެސް މިހާރު ކުރަމުން މިދާ މަސައްކަތަކީ ގާނޫނީ އޮނިގަނޑަކަށް މިކަން ފެއްތުމުގެ މަސައްކަތް ކަމަށް ޒީނާ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގެ ސަބަބުންވެސް ވަކި އިތުރު ހަރަދުތަކެއް ނުހިނގާނެކަމަށް ޒީނާ ވިދާޅުވިއެވެ.

“ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައިވެސް ފޮރިން އިންސްޓިޓިއުޓްތައް އެބަހުރި ގާއިމްކުރެވިފަ. ކެނެޑާ، ތުރުކީ، ޕާކިސްތާން، ޔޫއެސް މިހެން ގޮސް ބައިވަރު ގައުމުތަކުގައި އެބަހުރި އިންސްޓިޓިއުތްތައް ގާއިމްކުރެވިފަ. އަޅުގަނޑުވެސް ތަމްރީންވެފައި މިހުރީ ބޭރުގެ ފޮރިން އިންސްޓިޓިއުތަކުން. އަޅުގަނޑުމެން ފޮރިން ސާވިސް ޓީމެއް އެކުލަވާލާއިރު، އަޅުގަނޑުމެންގެ ހާރިޖީ ވިސްނުމުން އޮފިސަރުން ތަމްރީންކުރުމަކީ މުހިންމުކަމެއް.” ޑިރެކްޓަރ ޒީނާ ޒާހިރު

ޒީނާ ވިދާޅުވީ، ދުނިޔޭގެ މަޝްރަހުގައި މިހާރު ވާހަކަދެކެވެމުންދާ ކަންކަމަކީ މީގެ އެތައް އަހަރެއް ކުރިންވެސް ވާހަކަތައް ދެކެވެމުންދާ ކަންކަން ކަމަށެވެ. އެހެންކަމުން، ރާއްޖެއިން މިފަދަ ކަންކަމުގައި ޕޮޒިޝަނެއް ނަގާއިރު ނުވަތަ މިފަދަ މައުޟޫއަކަށް ބަހުސްކުރާއިރު އެކަމާއި ގުޅޭގޮތުން ރަނގަޅު ދިރާސާއެއް ހެދިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. މިހާރު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ފޮރިން ސާވިސް އިންސްޓިޓިއުޓުން އެކަމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ޒީނާ ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށައެޅި ބަހުސްކުރެވެމުން މިދާ ފޮރިން ސާވިސްގެ ބިލާއިއެކު ފޮރިން ސާވިސް އޮފިސަރުން ސިވިލް ސާވިސްއިން ވަކިވާނެކަމަށް ޒީނާ ވިދާޅުވިއެވެ. މިޙާރު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ޕްރޮފެޝަނަލް ފޮރިން ސާވިސް ޓީމު އެކުލަލުމަށް މަސައްކަތްކުރަމުން ދާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ރާއްޖޭގެ ފަރާތުން ބޭރުގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިޔުލޭޓުތަކާއެކު ބައެއް ކަހަލަ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދުމަށް އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ސިވިލް ސާވިސް ގާނޫނު އޮތް ގޮތުން ބައެއް ގޮންޖެހުންތައް މިކަމުގައި ހުރިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ފޮރިން ސާވިލް ބިލަކީ ސިވިލް ސާވިސްގެ ގާނޫނާއި މުޅިން ތައާރުޒުވާ ބިލެއް ނޫންކަމަށް ޒީނާ ވިދާޅުވިއެވެ.

ފޮރިން ސާވިސްގެ ބިލުގެ މަސައްކަތްތައް ކުރަމުންދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށް ޒީނާ ވިދާޅުވިއެވެ. ރާއްޖޭގެ ފޮރިން ސާވިސްގެ ދާއިރާގައި ގިނަ ދުވަސްވެފައިވާ ބޭފުޅުން މިބިލުގެ މަސައްކަތްތައް ކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެކަމަށާއި އަދި މިބިލުގެ ސަބަބުން މުސްތަގްބަލުގައި މިދާއިރާއަށް ނުކުންނަ ތިބި މީހުންނަށްވެސް އިތުރު ލުއިފަސޭހަތަކެއް ލލިބިގެންދާނެކަމަށް ޒީނާ ވިދާޅުވިއެވެ. އަދި ބިލާއެކު ފޮރިން ސާވިސްގެ ހިދުމަތްތައް ހޯދަމުންދާ އާންމުންނަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ފޮރިން ސާވިސްގެ ބިލަށް ބަހުސް ކުރެވުނުއިރު އިދިކޮޅުން ވަނީ ބިލުގެ މާއްދާތަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މީގެ ތެރޭގައި ބައެއް މާއްދާތަކުގައި ހިމަނާފައިވާ ކަންކަމުގެ ސަބަބުން ފޮރިން މިނިސްޓްރީއަކީ ވަކި ދައުލަތެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ބައެއް އިދިކޮޅު މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ގެއްލޭފަދަ ގޮތަކަށް މަގުފަހިވާ ކަންކަން ބިލުގައި ހިމަނާފައިވާކަމަށް އިދިކޮޅު ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: