ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރުކުރަނީ

ތަހުގީގު ކުރިޔަށްދާ މައްސަލައެއްގައި ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖާމީލު އަހުމަދު ވިދާޅުވީ މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވާ ކަމަށާއި ހާޒިރު ކުރަނީ ބަޔާން ނަގައި ސޮއިކޮށްފައިވާ އެއްކަމެއްގައި ކަމަަށެވެ.

”ފުލުހުންގެ ޢަމަލުތަކުން ރައީސް ޔާމީންގެ ޤާނޫނީ ޙައްޤުތަކަށް ގެއްލުންވޭ އަދި ތަޙްޤީޤްގެ އިންޞާފުވެރިކަމަށް ހުރަސްއެޅޭ.” ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަނިހިރު ދުވަހު ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ތުހުމަތުތައް ކޮށް އިތުރު ދައުވާތަކެއްވެސް އުފުލާފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިބުނާ ޔާމީނެއް ގޭގައި ބެހެއްޓުމަކީވެސް ދިވެހި އެންމެހައި ރައްޔިތުންގެ ހައްގަކަށް އަރައިގަތުން! އޭނަ ބާއްވަން ޖެހޭނީ އެފަދަ ބޮޑެތި ވަގުން ބައިތިއްބާ ކަހަލަ ޖަލުގޮޅިއެއްގަ! އަދި އެއްވެސް މިންވަރެއްގެ އިސްތިސްނާއެއްވެސްނެތި! ޖަލުގޮޅިން ނެރެގެން ގޭގައި ބަހައްޓައިގެން މުޅިގައުމު ޚަރާބުކުރަން ފުރުސަތު ދީގެން ނުވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: