ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުރިހަމަ: މަންދޫބު

ހާއްސަ މަންދޫބު އައްބާސް ފާއިޒް، ރައީސް ސޯލިހުއާ ބައްދަލުކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ވަރަށް ފުރިހަމަ ކަމަށް އެ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރައްވާފައިވާ ހާއްސަ މަންދޫބު، އައްބާސް ފާއިޒް ވިދާޅުއްޖެއެވެ.

އައްބާސް ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވައިފައެވެ.

އައްބާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ ގޮތުން މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އައްބާސް ވިދާޅުވީ މިހާތަނަށް ބަލާއިރު ފުލުހުން ތަހުގީގު ކުރިޔަށް ގެންދަނީ ވިސްނުންތެރިކަމާއެކު ބަލަން ޖެހޭ އެންމެހާ ކަންތައްތަކަށް ބަލައިގެން ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކާއެކު ޝަރީއަތަށް ވަރުގަދަ ދައުވާއެއް ކުރަން ފޮނުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: