ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ވާހަކަތަކަށް ރައީސް ސޯލިހު “ހޭ” ވެސް އަހާ ނުލި!

އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުރީ ރައްޔިތުން ހަވާލުކުރި ފަސް އަހަރުގެ ވައުދުތައް ފުއްދުމަށްކަމުން އިތުރު ކަމަކާއި ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރަައީސް ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިޔާލުތަފާތު ވެ ދެ ބޭފުޅުންގެ ގުޅުން ގޯސްކަމަށް ވާހަކަ ދެކެވޭތާ ވަނީ އެތައް ދުވަހެއް ވެފައެވެ. ސީދާ އެ މައުޟޫއަށް ވާހަކަ ދައްކަވަން ދެ ބޭފުޅުން ވެސް ދެކޮޅު ހައްދަވާއިރު، ދެ ބޭފުޅުންގެ ގުޅުން އެންމެ ބޮޑަށް ހީނަރުވީ އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއަށްފަހު ކަމަށް ބެލެވެ އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ކުރި މަސައްކަތުގެ، މައްސަލައަށް ދެ މަސްވެ ތަހުގީގު އަދިވެސް ކުރިޔަށްދާއިރު އެމްޑީޕީގެ މެމްބަރުން ވެސް ދަނީ ސަރުކާރުން މި މައްސަލައިގައި ސީރިއަސްކަމެއް ނުގެންގުޅޭކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި، ރައީސް ނަޝީދު ވަނީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެސެޖެއް ހިއްސާ ކުރައްވައި ބޮޑު ވަޒީރެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރުމަށް ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. އަދި އެއް ފަރާތުގައި ހުންނަން ބޭނުން ނުވާތީ، އެކަމުގެ މަޝްވަރާތައް ރަސްމީކޮށް ރައީސާއި އެކު ކުރިޔަށް ގެންދަން ވެސް ބޭނުންވާކަމަށް ވިދާޅުވި އެވެ.

އޭރު ވެސް ރައީސް ނަޝީދުގެ ހުށަހެޅުންތަކަށް ރައީސް ސޯލިހު ދެއްވީ ބީރު ކަންފަތެކެވެ. މީޑިއާތަކުން ކުރި ސުވާލުތަކަށް މަބްރޫކް ވިދާޅުވަމުން ގެންދެވީ، ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައީސްގެ ވިސްނުން ހުރި ގޮތް ޕްރެސް ކޮންފަރެންސްއެއްގައި ހިއްސާކޮށްފައިވާނެ ކަމަށެވެ. އެއީ ނިޒާމު ބަދަލު ކުރެވޭނީ ރައްުޔިތުންގެ ވޯޓަކުން ކަމަށެވެ. ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ 2007 ގައި ރާއްޖޭގެ ވެރިކަން ކުރާނެ ނިޒާމަކީ ރިޔާޒީ ނިޒާމުގެ ގޮތުގައި ކަނޑައެޅީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އެހެން ކަމުން ނިޒާމު ބަދަލު ކުރެވޭނީ ވެސް ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުން ހުރީ ރައްޔިތުންނަށް ވީ ވައުދު ފަސް އަހަރުގެ ތެރޭގައި ފުއްދުމަށް ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އަނެއްކާވެސް ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖުގެ ސްކްރީންޝޮޓެއް ދައުރުވި އެވެ. އޭގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރައީސް ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށެވެ. އަދި އެމަނިކުފާނު މިހާރު ދެން ބޭނުމީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެކީ ކުރިޔަށްދާންކަމަށް ވިދާޅުވި އެވެ. އަދި އެ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދި ހުށަހަޅާނެކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަށް އިދިކޮޅުން ބުނީ، އެއްވެސް ޝައުގެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލައިގެ ތެރެއަށް ޕީޕީއެމް، ޕީއެންސީން ނުވަންނާނެ ކަމަށް ބުންޏެވެ. އިދިކޮޅުން ބުނެފައިވަނީ ރައީސް ނަޝީދާއި އެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނޫން ކަމަށެވެ.

އިދިކޮޅުގެ ރައްދުތަކާއި އެކު މިއަދު އަނެއްކާވެސް ރައީސް ނަޝީދު އަމިއްލަފުޅު އެކައުންޓުން ޓްވީތެއް ކުރައްވައި ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ “އިންޑިއާ އައުޓް” ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ އާއި މިއަދު ފެންމަތިވީ ކަންތަކާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނާއި ސުވާލު ކުރުމުނ އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ފޯކަސް މިވަގުތު ހުރީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދެވުމަށް އެކަނި ކަމަށެވެ. އަދި ރައީސް ސޯލިހުގެ އިތުރު ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ތަކުރާރުކޮށް ސަރުކާރުގެ ބަހަކީ ކޮބައިތޯ ސުވާލު ކުރުމުން ވެސް މަބްރޫކް ވިދާޅުވީ، ރައީސް ބޭނުންވަނީ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޕީޕީއެމުން ނަސީދު އައި ކޯލިސަނެއް ނުހަދާނެ އެނޫން ކޮންމެ ޕާޓީޔަކާ އެކުވެސް ކުރިޔައް ދާނެ ނަސީދު މޮޔަފުޅު ވެލެއްވީތޯ ފުރަތަމަ އިސްލާހުވޭ

  2. އަންނި އެއުޅެނީކީވެގެން ޕީޕީ އަކަށް އަންނި ބޭނުމެއް ނުވާނެ އެއައް ވުރެ ޚަރުދަނާވާނެ ސޯލިހު ވެސް އެހެދީ ރަންގަޅަށް���ހުސްމަކަރު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: