ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެހީގައި ކަރެކްޝަނަށް ވެހިކަލްތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހޯދާފައިވާ ވެހިކަލްތައް، އެ ސަރވިސްއާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

ވާޗުއަލް ކޮށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވެހިކަލްތައް ހަވާލުކޮށްދެއްވީ ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެހިކަލްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ބްދުﷲ ޝާހިދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރުކުރުމަށް އެސަރވިސްއަސް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް 8 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން 4 އެއްގަމު އުޅަނދު ( 3 ވޭން، 1 ކާރު) މިހާރު ހޯދާފައިވާއިރު، ކަނޑުމަގުން ދަތުރުކުރުމަށް ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުށްވެރިން އަލުން އަނބުރާ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސާވިސް އިން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. ކަރެކްޝަނުން ދިވެހި ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ފޯރުކޮށްދެމުންދާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ކަރެކްޝަންސް ގާބިލްކަން އަދިވެސް އިތުރަށް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: