ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ބެލި އަބްދުﷲ ގާޒީގެ މައްސަލަ ސާބިތެއް ނުވި!

ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެމިލީ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އަބްދުﷲ ގާޒީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އޯޑަރަށް ހައްޔަރުކޮށް ސިފައިން ޓްރެއިނިން ހަދަމުން ގެންދާ ކ. ގިރިފުށީ ބަންދުގައި ބެހެއްޓި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އެވެ.

ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އަބްދުﷲ ގާޒީ ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވި އެވެ. 2012، ފެބްރުއަރީ 08 ގައި، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ރަށްތަކުގައި ހިނގަދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ދައުލަތުގެ ބައެއް އިދާރާތްތަކުގައި ރޯކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގެ އަވަށު އޮފީސްތަކާއި، ކޯޓުތައް ހިމެނެ އެވެ. އެ ހާދިސާއަށް 08 އަހަރު ފުރުމާ ގުޅުވައިގެން ފަނޑިޔާރުންނާއި ގާޒީންގެ ވައިބާ ގުރޫޕަށް އަބްދުﷲ ގާޒީ ވަނީ ޅެމެއް ހިއްސާ ކުރައްވައި “ހެޕީ ބޮޑު ހުޅު ޑޭ” ޖައްސަވަ އެވެ.

ޖޭއެސްސީން އަބްދުﷲ ގާޒީއާއި ގުޅޭގޮތުން ތަހުގީގު ކުރީ ސީދާ މި މައްސަލަކަން ސާފެއް ނޫނެވެ. ނަމަވެސް ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގެ ތަފްސީލު ހިއްސާކޮށް ޖޭއެސްސީން ބުނީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުން ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންްނެވި ދުވަސްވަރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހެޕީ ބޮޑު ހުޅު ޑޭ އަކީ ވެރިކަމަށް ދަހިވެތި އިބުލީހަށް އުފާވެރި ދުވަހެއް . ނަމަވެސް މިދީބަށް އަދިރި ކަޅު ދުވަހެއް. މި ގައުމު އިބްލީހުގެ މައްޗަށް ނަސްރު ހޯދާނެ. އެދުވަސް އެބަކައިރިވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: