ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާ: ހަތަރު މީހަކަށް ދައުވާކުރަން ފޮނުވައިފި

ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޖާޒް(ކ) އާއި އަދުހަމް އަދި ތަހުމީން— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާދިން ހަތަރު މީހަކަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތު ކުރެވުނު ހަތަރު މީހުންގެ ތަހުގީގާއި ގުޅޭ މައްސަލަ ލިބިފައިވާ ކަމަށާއި ދެން ތިބި މީހުންގެ ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާއި މެދު ޕީޖީއިން ގޮތެއް ނިންމާނެ ކަމަށެވެ. މި މަހުގެ 24 ވަނަ ދުވަހު މިކަމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ވެސް ފަރުވާ ހޯއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: