ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކާމިޔާބު: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކާމިޔާބު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ރޭ ވަނީ ހިއްސާކޮށްފައެވެ.

އެ މައުލޫމާތުތަކާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި ހައެއްގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ.

“ގިނަ ގޮންޖެހުންތަކާއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަން،” އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަކީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެެފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ. މި ހަމަލާގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބު ކަމާއެކު މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެމީހުންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށް ތަހުގީގުކުރަމުންދަނީ ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމް، މ. އުދެހިގެ އިސްހާގު، ގއ. ވިލިނގިލި، ހުދުރުވާގޭ، ފަހުމީ އަލީ އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ، އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ގޮތުން އެ ހަމަލާގައި އެންމެ އިސްކޮށް ތިބީ ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށް ސީޕީ މުހައްމަދު ހަމީދު ރޭ ވިދާޅުވިއެވެ. އަދި ފަހުމީ އާއި ނާޒިމްއަކީ ވެސް މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށާއި އޭނާ ވަނީ އަދުހަމު ފިލުވުމަށާއި މި ހަމަލާގެ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައި ކަމަށް ހަމީދު ވިދާޅުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: