ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ތަހުގީގު ފުރިހަމަ، ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ: އަސްލަމް

ކުރީގެ ރައީސް ނަޝީދު، އަސްލަމްއާ ސަލާމް ކުރައްވަނީ— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ވަރަށް ފުރިހަމަ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ރޭ ވަނީ ހިއްސާކޮށްފައެވެ.

އެ މައުލޫމާތުތަކާ ގުޅިގެން އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުން ހޯދަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފު ކުރަައްވާ ކަމަށެވެ.

“މި ތަޚްޤީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރަން” އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެމީހުންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށް ތަހުގީގުކުރަމުންދަނީ ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމް، މ. އުދެހިގެ އިސްހާގު، ގއ. ވިލިނގިލި، ހުދުރުވާގޭ، ފަހުމީ އަލީ އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ، އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ގޮތުން އެ ހަމަލާގައި އެންމެ އިސްކޮށް ތިބީ ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށް ސީޕީ މުހައްމަދު ހަމީދު ރޭ ވިދާޅުވިއެވެ. އަދި ފަހުމީ އާއި ނާޒިމްއަކީ ވެސް މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށާއި އޭނާ ވަނީ އަދުހަމު ފިލުވުމަށާއި މި ހަމަލާގެ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައި ކަމަށް ހަމީދު ވިދާޅުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: