ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާގެ ކޯރަމް ހަމަވީ ކިރިޔާ، އެސްއޯއީ އިއުލާނު ކުރަން ފާސްވީ 39 މެމްބަރުންގެ ވޯޓާއި އެކު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހަރުކަށި ފިިކުރާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގައި، އެފަދަ ވިސްނުން ގެންގުޅޭ މީހުން ހައްޔަރު ކުރުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާގު އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ޕާޓީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅި ގަރާރުގައި ވަނީ މިދިޔަ މޭއި މަހުގެ 06 ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) އިއުލާނު ކުރުމަށެވެ. އަދި އެސްއޯއީގެ ދަށުން ފުލުހުންނަށް ބޮޑެތު ބާރުތަކެއް ދީ، ޓެރަރިސްޓުން ހައްޔަރު ކުރުމަށެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ކުށްތައް ހުއްޓުވައި، މީހުންގެ ލޭ ހުއްދަ ކުރާ މީހުން ހައްޔަރު ކުރެވެން އޮތީ އެފަދަ ހާލަތެއް އިއުލާނު ކުރެވިގެންކަމަށް އެމްޑީޕީން ދެކެ އެވެ.

މިރޭ ގައުމީ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން، ރައީސް ނަޝީދު ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަދަދުތަކުން އެނގޭ ގޮތުން މިރޭގެ ގައުމީ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ނުވަތަ އެމަނިކުފާނު ފެކްޝަނުގެ ބޭފުޅުން ބައިވެރިއެއް ނުވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ، ދާއިރާތަކުގެ ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ބައެއް ވަޒީރުން ވެސް ހިމެނޭ ގޮތުންނެވެ. ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހު ފެކްޝަނުގެ އެއްވެސް މަޖިލީހުގެ މެމްބަރެއް ވެސް ބައިވެރިއެއް ނުވެ އެވެ. އަދި ބައްދަލުވުމުގެ ކޯރަމް ހަމަވީ ކިރިޔާ އެވެ.

މިޜޭގެ ބައްދަލުވުން 09:00 ގައި ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ޖަލްސާ ނުފެށި ލަސްވީ ކޯރަމް ހަމަ ނުވެގެންނެވެ.

ރާއްޖޭގައި އެސްއޯއީ އިއުލާނު ކުރުމަށް ރައީސް ނަޝީދު ހުށަހެޅުމުން، އެ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދީފައިވަނީ 39 މެމްބަރުންނެވެ. ގައުމީ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދަކީ 142 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: