ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރުމުގެ މުނާސަބާގައި ގައުމާއި މުޚާތަބު ކުރައްވާ ދެއްވި ޚިތާބުގައެވެ.

އެގޮތުނަ ރައީސް ސޯލިހު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން، ރާއްޖޭގައި ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ އަށް ވެކްސިން ޖެހުމަކީ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒު ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން، އެ އެންމެންނަށް ވެކްސިން ޖަހާ ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: