ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ދުވާފަރުން މީހަކު މަރުވެއްޖެ

ދުވާފަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ މީހެއް ކަމަށެވެ. މިއީ އެ ރަށުން ކޮވިޑްގައި މަރުވި ތިންވަނަ މީހާ އެވެ.

ކުރިން މަރުވެފައި ވަނީ ކޮވިޑުގައި ހާލު ދެރަވެގެން އެރަށުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ މީހަކާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށް އެރަށުން ގެންދިޔަ މީހެކެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 220އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: