ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ދީގެން ޕާޓީއަށް މީހުން ވައްދާ ވާހަކަ އަދާލަތުން ދޮގު ކޮށްފި

އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ދީގެން އަދާލަތު ޕާޓީއަށް މީހުން ވައްދާ ވާހަކަ  އެ ޕާޓީން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް ފަށާފައިވާ ކެންޕެއިންގެ ތެރެއިން އެ ޕާޓީއަށް ވަނުމަށް ފޯމް ފުރާ މީހުންނަށް ފައިސާ ދެމުންދާ ކަމަށް އޮންލައިން ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އެ ޕާޓީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައިވެއެވެ. އަދާލަތުން ބުނީ ފައިސާ ދީގެން ޕާޓީއަށް މެންބަރުން އިތުރުކުރާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށެވެ.

އަދާލަތު ޕާޓީން ދާދި ފަހުން ވަނީ އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ފަށައިފައެވެ.

އަދާލަތު ޕާޓީއަށް މީގެ ކުރިން ވެސް 10،000 މެމްބަރުން ހަމަވެފައި ނުވުމުން މިދިޔަ މުއްދަތުގައި ދައުލަތުން އެ ޕާޓީއަށް ފައިސާ ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: