ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ “ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021” ގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ނެރުއްވި ބަޔާނުގައެވެ.

އެގޮތުން އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ނިކަމެތި ޙާލު ފާހަގަކުރައްވައި، އެކަމަނާ ވަނީ، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ރައީސް ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.

“ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް” ފާހަގަކުރުމަށް އ.ދ.އިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ “ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ” އެވެ. މިޝިޢާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިޙްސާސްތައް އިތުރަށް ދެނެގަނެ، އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ.

މި މިޝިޢާރަކީ، އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްޢޫލުވެރި ވުޒާރައިގެ ޙައިސިއްޔަތުން، މިނިސްޓްރީ އޮފް ޑިފެންސުން ކުރަމުން ގެންދާ މަސައްކަތުގެ ރޫޙާ ގުޅޭ ޝިޢާރެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕަރފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މިމަހުގެ 1 ވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއަރ 2 އަށް ރާއްޖެވަނީ ޕްރޮމޯޓްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: