ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ނުކުރަން ނިންމުމުން ފާތިހު ދޫކޮށްލައިފި

ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ، އަހްމަދު ފާތިހަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމުމުން، އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މައުލޫމާތަށް ބަލާއިރު މިވަގުތު ފާތިހް މައްޗަށް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ފުލުހުން ރޭ ބުނީ ފުލުހުންގެ ބަންދުން ފާތިހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން ކަމަށެވެ.

ފާތިހު ހައްޔަރުކޮށްފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި ކުރިން މަސައްކަތް ކުރި ފާތިހު މިނިވަން ކޮށްފައި މި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އޭނާ މިނިވަންކޮށްފާނެ ކަމަށްބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: