ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫންކަމަށް އަންގައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލެސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ބިމެއް ނޫންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެސިޓީ ކައުންސިލަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނެފައި ވަނީ، ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ހުރި ބައެއް މުދާތަކެއް ހުއްދަ ނުނަގައި މާލެ ސިޓީ ކައުންސިލުން ބޭނުން ކުރަމުންދާ މައްސަލާގައެވެ. ސްޓެލްކޯއިން ބުނެފައިވާގޮތުގައި، އީދު ބަންދު ތެރޭގައި އެންގުމަކާއި ނުލައި ސިޓީ ކައުންސިލުން އެތަނުގައި ޖަހާފައިވާ ފެންސްތައް ކަނޑާލައި ޓިނުތައް ވަނީ ނަގާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކޮށް މާލެސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި ބުނެފައިވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ޤާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްފަދަ ތަކެތި ބެހެއްޓުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާކަމަށް ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅީގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލުން ބަންދުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ޕްލޭނިން މިނިސްޓްރީންވަނީ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލެސިޓީ ކައުންސިލް އިދާރާއާ ހަވާލުކޮށްފައިވާ ބިމެއް ނޫންކަން އަންގާފައެވެ.

އެހެންކަމުން ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާނަމަ އެތަކެތި ސްޓެލްކޯއަށް ހަވާލުކުރުމަށް އެދިފައިވެއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށީގެ ބިންވެސް ބަންދުކޮށްފައިވާނަމަ އެކަން ހުއްޓުވުމަށް އަންގާފައިވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: